ޚަބަރު

ފިޝަރީޒް މިނިސްޓްރީއާ އެކު ބައްދަލުވުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ އެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް: - ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ސުތުލި ބޯވާ އަދި ދެލިމަސް ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ ވިލިނގިލީގައި ކަމަށް ވާތީ މިކަމާއި ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ އެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް:

- ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ސުތުލި ބޯވާ އަދި ދެލިމަސް ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ ވިލިނގިލީގައި ކަމަށް ވާތީ މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނު.

- ކަނދުފަތި އެޅުމުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ މަސްވެރިންގެ ކަންބޮޑުވުން ހިއްސާކޮށް މަޝްވަރާ ކުރެވުނު

.

- އަންނަ އަހަރުގެ މަސްވެރިންގެ ދުވަސް ވިލިނގިލީގައި ކުލަގަދަކޮށް ފާހަގަކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނު .

ވިލިނގިލީގައި ޤާއިމުކުރެވޭ އައިސް ޕްލާންޓް ގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މި މަޝްވަރާތަކުގައި ވިލިގިއްޔަކީ މަސްވެރި ރަށަކަށްވެފައި މި ޙިދްމަތަކީ މިހާރުން މިހާރަށް މަސްވެރިންނަށް ލިބެންޖެހޭ ޙިދްމަތެއްކަން ކައުންސިލް ރައީސްގެ ވާހަކަފުޅުގައި ފާހަގަ

ކުރެއްވި . .

- ވިލިނގިލީގެ އިޤްތިޞާދީ ދާއިރާގެ ތެރޭގައި އިތުރު ރަށެއް/ފަޅެއް ހިއްކައި ތަރައްޤީކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު.

ބައިނަލްއަޤްވާމީ ފެންވަރުގެ ކާގޯ ބަނދަރެއް ކޫއްޑޫގައި ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު.

- ވިލިނގިލީގެ ކަނބަލުންގެ ތައްޔާރު ކުރާ މަހުގެ އެކި އެކި އުފެއްދުންތަކަށް މާކެޓެއް ހޯއްދަވާ ދެއްވުމުގެ ފުރުސަތު ފަހި ކޮށް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު.

މަސްދަރު: ވިލިނގިލީ ކައުންސިލްގެ ފޭސްބުކް ޕޭޖް

ކައުންސިލާ ގުޅުއްވާ

ވިލިނގިލީ ކައުންސިލްގެ އިދާރާ، ގއ. ވިލިނގިލި، ދިވެހިރާއްޖެ

ގުޅުއްވާ