އެމްޓީސީސީއާ އެކު ބަނދަރާއި ޖެޓީގެ މަޝްވަރާ

22-09-2026 ގައި ވިލިނގިލީ ކައުންސިލާއި އެމްޓީސީސީ އާއެކު ބޭއްވުނު މަޝްވަރާތަކުގައި
- އެމްޓީސީސީ ސައިޓް “ ޓީ “ ޖެޓީ އިން ރަށުގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރެވުނު .
- ވިލިނގިލީގެ ދެކުނުފަރާތު ބަދަރު ގެ ލައިޓް ޖެހުމުގެ މަސައްކަތް އަވަސްކުރުމާއި ރަސްމީފާލަމުގެ މަސައްކަތް މަޑުޖެހިފައިވާތީ ވީހާ އަވަހަން މަސައްކަތް ނިންމުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްގެންދެވުނު .
- މަސްބާނާ ޖެޓިގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކޮށް އެކަން އަވަސްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު.
- ވިލިނގިލީގެ ދެކޮނު ފަރާތު ބީޗްގައި “ ގްރޯނީ “ ޖެހުމުގެ މަސައްކަތާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފޭސް 2 ގެ މަސައްކަތައް ބޭނުންވާ މެޝިނަރީތައް ނެތުމުގެ ސަބަބުން މަސައްކަތް ލަސްވަމުންދާތީ ރައްޔިތުން ގެ ކަނބޮޑުވުން ހިއްސާ ކޮށް މިކަމުގައި ވީހާވެސް އަވަހަށް ހައްލެއް ހޯއްދަވާދެއްވާމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު.
- ލަވް ޕޮއިންޓްގެ ބޭރު ހިލަ ޖެހުމުގެ މަސައްކަތް އަވަހަށް ނިންމަވާ ދެއްވުމަކީ ކައުންސިލުން އިސްކަންދެއްވާ ކަމެއް ކަމުގައި ރަޢީސް ގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި . އަދި މީގެ އިތުރުން ލަވް ޕޮއިންޓްގެ ބީޗް ގިރެމުން ދާތީ ހިމާޔަތް ކުރުމުގެ ގޮތުން ހޭޅިފަށުގައި
ޖިއޯބޭގު ޖެހުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މަސްދަރު: ވިލިނގިލީ ކައުންސިލްގެ ފޭސްބުކް ޕޭޖް
