އިޢުލާނު

ރަށުޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވައިލުމާއި ބެހޭ

(IUL)407-CA407/407/2025/65
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނެ އުޞޫލުން މަސައްކަތް ކުރިއަށްގެންދިއުމަށް " ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ " އެއް އެ
0

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނެ އުޞޫލުން މަސައްކަތް ކުރިއަށްގެންދިއުމަށް " ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ " އެއް އެކުލަވައިލުމަށް އެމިނިސްޓްރީގެ ނަންބަރ: 494-LGS1/407/2025/18 ސިޓީއިން މިއިދާރާއަށް އަންގަވާފައިވެއެވެ. އަދި އެމިނިސްޓްރީ އިން ކަނޑައަޅާފައިވާ ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލުގެ 5 ވަނަ މާއްދާގެ ރ،ބ،ޅ،ކ،،އ ގައި ބަޔާންކޮށްފައިވާ ގޮތަށް އެކޮމެޓީއަށް ބޭފުޅުން އައްޔަންކުރުމަށްވެސް ވަނީ އަންގާފައިއެވެ.

ރ. ރަށުގެ ޢާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު

ބ. ކްލަބް ނުވަތަ ޖަމިއްޔާތަކުން ކަނޑައަޅާ މެމްބަރު

ޅ. އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެމްބަރު.

ކ. ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެމްބަރު.

އ. މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްސަކޮށް ކަނޑައަޅާ މެމްބަރު

އެހެންކަމުން މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ނަން ، މަޤާމް ( މަޤާމެއްގައި ހުންނެވި ބޭފުޅެއް ނަމަ ) ، ގުޅޭނެ ނަންބަރ 15 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް info@vilingili.gov.mv އަށް މެއިލްކޮށް ދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

08 ޖެނުއަރީ 2026

އެޕްލިކޭޝަން ފޯމު

މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ

This service has no online form yet.

ކައުންސިލާ ގުޅުއްވާ

ވިލިނގިލީ ކައުންސިލްގެ އިދާރާ، ގއ. ވިލިނގިލި، ދިވެހިރާއްޖެ

ގުޅުއްވާ