ކައުންސިލާ ބެހޭ
ކައުންސިލްގެ ތާރީޚާއި، އިސްވެރިންނާއި، ބައްދަލުވުންތަކާއި، ގުޅޭނެ ގޮތް.
- އާބާދީ
- 4,005
- ބިމުގެ ސަރަޙައްދު
- 93 ha
- އަތޮޅު
- ގާފު އަލިފު
- ކައުންސިލް މެންބަރުން
- 5
- މިހާރުގެ ދައުރު
- 2021–2026
ވިލިނގިއްޔަށް މަރުޙަބާ
ގއ. ވިލިނގިލީގެ ބޮޑުމިނަކީ 93 ހެކްޓަރެވެ. 30 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށް، ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީގެ ޖުމްލައަކީ 4005 އެވެ. ރަޖިސްޓަރީ ނުވެ ދިރިއުޅޭ މީހުންނާއި ބިދޭސީން ހިމަނައިފިނަމަ، ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 5,000 އަށްވުރެ އިތުރުވެއެވެ. ކައުންސިލް އެކުލެވިގެންވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރެވޭ 7 މެންބަރުންގެ މައްޗަށެވެ.
ތާރީޚް
01މާރޗް 1961 ވަނަ ދުވަހު، ދިވެހި ސަރުކާރުން ހުވަދުއަތޮޅު ދެ ސަރަޙައްދަކަށް ބައިކުރެއްވިއެވެ. އެއީ ހުވަދުއަތޮޅު އުތުރުބުރި (ގއ) އަދި ހުވަދުއަތޮޅު ދެކުނުބުރި (ގދ) އެވެ. މި ބައިކުރެއްވުމާ ގުޅިގެން، ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަން ކުރާ ރަށެއްގެ ގޮތުގައި ގއ.ވިލިނގިލި ކަނޑައެޅުއްވިއެވެ.
ބިމާއި މަޤާމު
ވިލިނގިލި އޮންނަނީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅު ކަމަށްވާ ހުވަދުއަތޮޅުގެ އިރުއުތުރު ފަރާތުގައި، މާލެއިން ގާތްގަނޑަކަށް 378 ކިލޯމީޓަރު ދުރުގައެވެ. ދެކުނުން އޮންނަ ކޫއްޑޫ އެއާޕޯޓުން މާލެއާ ގުޅެއެވެ.
ބައްދަލުވުން
